ވިޔަފާރި

އެފްއެސްއެމް ބައުޒަރުން ތެޔޮ އެޅުން ހުޅުމާލެއަށް

Oct 1, 2019
2

މާލޭގެ ހުޅަނގު ދެކުނު ފަރާތު ޓީ ޖެޓީ ސަރަހައްދާ ކައިރިން އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރުތަކުން ތެޔޮ އަޅައި ދިނުމުގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރާ، ސަރުކާރުގެ ކުންފުނި އެފްއެސްއެމް އިން ބުނި ގޮތުގައި އިއްޔެގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެފްއެސްއެމް ބައުޒަރުތައް މެދުވެރިކޮށް ދެމުން ގެދިޔަ ހިދުމަތް ހުޅުމާލެ އެފްއެސްއެމް ޕަންޕް ސްޓޭޝަނަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ތެޔޮ ބައުޒަރެއްގައި ރޯވެ، އިިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް ހަ ބައުޒަރެއް ވަނީ އަންދައި ހުލިވަފެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި އެ ވަގުތު އޮތް ލޯންޗެއްގައި ރޯވެ އަނދައި އަޑިއަށް ދިޔައިރު ހަތް މީހަކު އެ އަލިފާނުގައި ފިހުނެވެ.