ހަބަރު

ރިސޯޓެއްގެ ފަޅުތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

Aug 16, 2015

ގއ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި މީހަކު މޫދުތެރޭ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ

އެ މީހާ މަރުވެފައި އޮއްވާ ފެނުނީ ފުނަމޯއްޑޫގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގަ އެވެ. 

ފުލުހުން ބުނީ ނޭޕާލްގެ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު 3:30 އެހާކަންހާއިރު ރިސޯޓްގ ފަޅުތެރެއިން ކަމަށާއި އެމީހާ ފެނިގެން އެ އަތޮޅުގެ ތިނަދޫ ހޮސްޕިޓަލަށްގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެމީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.