ހަބަރު

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބ އަތޮޅުގައި ހިންގަމުންދާ ޑްރީމްލޭންޑް ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން ދަރަވަންދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ. އެއީ ޗައިނާގެ ރައްޔިތެެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ބަލާ އެކަންކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން މަޝްވަރާވެސް ކުރަމުންދެއެވެ.