ހަބަރު

އިންޑޮނޭޝިއާއަށް ދިޔަަ 4 ދިވެއްސަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި

Feb 16, 2020

ރާއްޖެއިން އިންޑޮނޭޝިއާއަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިޔާ މަގުން އިންޑޮނީޝިއާއަށް ދިޔަ ހަތަރު ދިވެހިން ހައްޔަރު ކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު އެ ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ވެސް އަދި އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ވެސް ފުލުހުން ސާފުކޮށެއް ނުދެ އެވެ.

ހައްޔަރު ކޮށްފައި ވަނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ. އެ މީހުން އިއްޔެ ރާއްޖެ އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.