ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ޕާސަނަލް ލޯނާއި ފައިނޭސިންގެ ޕްރޮމޯޝަނެއް

Mar 1, 2020
5

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕާސަނަލް ލޯނާއި ފައިނޭސިންއަށް ހެޔޮ ބަދަލުތަކެއް ގެނެސް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލުން ބުނީ މިއީ ލުއި އެކްސްޕްރެސް އާއި ލުއި މައިކްރޯ އާއި ބީއެމްއެލް ވެހިކަލް ލޯން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.

އަދި މިއަދުން ފެށިގެން އޭޕްރީ މަހުގެ ނިޔަލަށް ޕާސަނަލް ލޯނާއި ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކު އެއް ފަރާތަކަށް އައިފޯނެއް ދޭނެ އެވެ.

މީގެ އިތުރުން ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭސިންއަށް އެދި ހުށަހަޅާ ކަސްޓަަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ހޮވާނެ އެވެ. އެއިން ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެ އެވެ. އަދި ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް ބިޒްނަސް ކުލްދިޕް ޕަލިވަލް ވިދާޅުވީ މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕާސަނަލް ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނުތަކަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި، މިގޮތުން ލައިފްސްޓައިލް ލޯނު ގެ ގޮތުގައި މިހާރު 300،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރާނެ. އަދި ބީއެމްއެލް ވެހިކަލް ލޯނު މެދުވެރިކޮށް އިލެކްޓްރިކް ވެހިކަލް ގަތުމަށް މިހާރު ކުޑަ އިންޓްރެސްޓް ރޭޓެއް މިވަނީ ހަމަޖެހިފައި. ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ގެނެވިފައިވާކަން ފާހަގަކޮށްލަން."