ވިޔަފާރި

ރޯދަ މަހުގެ ވިޔަފާރި ގަޑިތައް އާއްމުކޮށްފި

Mar 14, 2020
1

ރޯދަ މަހު ކެއުން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރޯދަ މަހުގެ ރޭތަކާއި ޖެހިގެން އަންނަ ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.

އަދި އަންނަ މަހުގެ 19 ވަނަ ދުވަހުން އިން ފެށިގެން ރޯދަ ހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ޖަހަން ދެން ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ރޯދަ މަހަކީ އަބަދު ވެސް ވިޔަފާރި ތަކަށް ބާރު ބޮޑު ވެގެންދާ ދުވަސް ވަރެކެވެ. އެހެންވެ އަބަދު ވެސް ސަރުކާރުން ކެފޭ / ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެެއްޓޭނެ ހާއްސަ ގަޑިތަކެއް ކަނޑައަޅަ އެވެ.