ހަބަރު

މައި ކޮލެޖުން ވާޗުއަލް އޯޕަންޑޭއެއް

މައި ކޮލެޖުން ވާޗުއަލް އޯޕަންޑޭ އެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އެ ކޮލެޖުން ބުނީ "ވާޗުއަލް އޯޕަންޑޭ 2020" ގެ ނަމުގައި މާދަމާ ފޭސްބުކް މެެދުވެރިކޮށް އޯޕަން ޑޭއެއް ބާއްވާއިރު، އޯޕަންޑޭއަށް ހާއްސަ ފޭސްބުކް ޕޯސްޓަށް ލައިކް ދީ ޝެއާކޮށް ފަސް މީހަކަށް ޓެގް ކޮށްލުމުން ހާއްސަ ފުރުސަތު ތަކެއް ލިބޭނެ ކަމަށެވެ. މި ޕޯސްޓް ފަސް މީހަކަށް ޓެގްކޮން އަދި ޝެއާ ކުރަން ޖެހެނީ މާދަމާ ހަވީރު 5:00 ގެ ކުރިންނެވެ.

ލިބޭ ފުރުސަތުތައް

  • ހަވަނަ ދުވަހުގެ ކުރިން އެޕްލައި ކުރުމުން 25 ޕަސެންޓް ޑިސްކައުންޓް
  • ލެވަލް ތިނެއް އަދި ހަތަރެއްގެ ކޯސް ހަދާ ދަރިވަރުންނަށް އެޑްމިޝަން ހިލޭ
  • ލެވަލް 5،6،7 ހަދާ ދަރިވަރުންނަށް އެޑްމިޝަން 50 ޕަސެންޓް ޑިސްކައުންޓް
  • ލެވަލް 8 އަދި 9 ގެ އެޑްމިޝަން ފީން 40 ޕަސެންޓް ޑިސްކައުންޓް

ވާޗުއަލް އޯޕަންޑޭގެ ސެޝަންތައް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ސެޝަން ކުރިއަށް ގެންދާނީ 2:00 އިން 5:00 އަށް، އަދި ދެވަނަ ސެޝަން ކުރިއަށް ގެންދާނީ ރޭގަނޑު 9:00 އިން 10:00 އަށެވެ.

މި ސެޝަންތަކުގައި ކޮލެޖްގެ ޑީނުންނާއި ވާހަކަ ދައްކާލަން ފުރުސަތު ލިބުމާއި ވާޗުވަލް ކްލާސްތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމާއި ދަރިވަރުން ކުރާ ސުވާލު ތަކަށް ވަގުތުން ޖަވާބު ވެސް ދޭނެ އެވެ. އޯޕަންޑޭ ސްކޯލާޝިޕް ލިބޭ ފަރާތްތައް ގުރުއަތު ނަގާނީ މާދަމާ ރޭ 9:00 އިން 10:00 އަށް އޮންނަ ސެޝަންތަކުގަ އެވެ،