ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ބިލިޔަން ޑޮލަރުގެ އުނިކަމެއް ބަޖެޓަށް އަންނާނެ"

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިއަދު ވަނީ ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައ މައުލޫމަތު އޮޅުންފިލުއްވާފަ އެވެ.

އެ ބައްދަލުވުން ފައްޓަވަމުން ރައީސް ވަނީ ރާއްޖެ، ކޮވިޑް-19 އިގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް ސީއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައްޔާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސޯދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް ވެސް އަންނާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ މި ކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

އަދި ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައް ވެސް ހުޅުވާލައި ފަތުރުވެރިކަން ފަށަން ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ ތިން ވޯކިން ގްރޫޕް ކަމަށްވާ، ވޯކިންގް ގްރޫޕް އޮން ފައިނޭންސް އާއި ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓާގެ ވޯކިންގް ގްރޫޕާ ހަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅި އެވެ.

ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޮވިޑާއި ގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީ ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތްތަކާއި، އިގްތިސޯދު ނެގެހެއްޓުމާއި، އިގްތިސޯދީ ކަންކަން ކުރިއަށް ގެންދިއުމުގައި މުހިންމުކަން ދޭނެ ދާއިރާތަކާއި އަދި މަސައްކަތްތައް ކުރިއަށް ގެންދަން ރާވާފައިވާ ގޮތްތަކާ ބެހޭގޮތުންނާއި ސޯޝަލް ސެކްޓާއިން ސިއްހީ ދާއިރާ ވަރުގަދަ ކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމާއި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތައް ހިމަނާފައި ވެއެވެ.

މިއަދު ބޭއްވެވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ ވޯކިން ގްރޫޕުތަކުން ހިއްސާ ކުރި ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާބެހޭ ގައިޑުލައިންގެ ކަރުދާސް މިނިސްޓަރު އޮފް ޓޫރިޒަމް އަލީ ވަހީދު ހުށަހެޅުއްވި އެވެ.