ހަބަރު

ސަރުކާރުގެ ރަސްމީ ގަޑި 8-2 އަށް ބަދަލުކޮށްފި

Sep 30, 2015

ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު އަށަކުން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް ކަމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.

 ސަރުކާރުގެ މިހާރު ރަސްމީ ގަޑިއަކީ ހެނދު 8-3 ޖެހުމާ ހަމަ އަށެވެ. މިހާރު އިންނަ ގޮތުން މެނދުރު 12-1 އަށް ސިވިލް ސާވިސް މުވައްޒަފުންނަށް ހުސް ވަގުތު ކޮޅެއް ލިބެ އެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން މިހާރު ލިބޭ ބްރޭކް ވަގުތު ކޮޅެއް ނުލިބޭނެ އެވެ.

ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ.