ހަބަރު

ސިޓީ ކައުންސިލް މެންބަރުންގެ މުސާރައިން 50 ޕަސެންޓް އުނިކުރަނީ

Oct 5, 2015

މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކުން 50 ޕަސެންޓް އުނިކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ނިންމީ މޭޔަރުންނަށް މިހާރު ދޭ 30،000ރ. 15،000ރ. އަށް ކުޑަކުރުމަށެވެ. އަދި 15،000ރ. ގައި ހުރި ލިވިން އެލަވަންސް 3،000ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ޑެޕިއުޓީ މޭޔަރުންގެ މުސާރަ 27،000ރ. އިން 12،000ރ. އަށް ކުޑަކޮށް ލިވިން އެލަވަންސް 8،000ރ. އިން 3،000ރ. އަށް ކުޑަކުރަން ވަނީ ނިންމައިފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ 10،000ރ. އަށް ކުޑަކޮށް ލިވިން އެލަވަންސަށް ހަމަޖެއްސީ 1،5000ރ. އެވެ.

ރާއްޖޭގެ ދެ ސިޓީ ކައުންސިލްގެ ބައެއް ބާރުތައް ގާނޫނަށް ގެނައި ބަދަލުތަކުން އުނިކޮށް، ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. މި ދެ ކައުންސިލްގެ ގާތްގަނޑަކަށް ހުރިހާ މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. މި ކައުންސިލްތަކުް ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން އެކި ކަންކަން ހިންގުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.