ހަބަރު

ޒަހަމްވެފައިވާ މީހަކު ގެއްގެ ސިޑިގޮޅީގެ ތެރެއިން ފެނިއްޖެ

Oct 5, 2015

ޒަހަމް ތަކަކާއެކު ގެއެއްގެ ސިޑި ގޮޅިއެއް ތެރޭގައި އޮތް މީހަކު ފެނިއްޖެ އެވެ.

ޒަހަމްވެފައިވާ އެމީހާ ފެނިފައިވަނީ މ. މޫސުން ބަހާރުގޭގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ތެރެއިންނެވެ.

ފުލުހުން ބުނީ އެއީ އުމުރުން 26 އަހަރުގެ ދވެހި ފިރިހެނެއް ކަމަށާއި ހާލު ސީރިއަސް އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ޒަހަމްވެފައި ވަނީ އޭނާގެ ބޯ ކަމަށާއި މިވަގުތު ފަރުވާ ދެމުންދަނީ އިމެޖެންސީގައި ކަމަށާއި އިތުރު މައުލޫމާތުތައް އަދި ސާފު ނުވާ ކަމަށާއި އެމީހާގެ ބޯ ޒަހަމްވެފައި ވަނީ ހަމަލާއެއް ބަޔަކު ދީގެން ކަމެއް ވެސް ސާފު ނުވާ ކަމަށެވެ. 

ފުލުހުންގެ ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.