ހަބަރު

ގެއެއްގެ ސިޑިގޮޅި ތެރެއިން ފެނުނު މީހާ މަރުވެއްޖެ

Oct 5, 2015

ސީރިއަސް ޒަހަމުތަކަކާ އެކު ގެއެއްގެ ވައިކޮޅީގެ ތެރެއިން ފެނުނު 26 އަހަރުގެ ދިވެހި ޒުވާނާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އއ. ތޮއްޑޫއަށް ނިސްބަތްވާ، އަހްމަދު ޒަމީން މަރުވެފައިވާކަން އައިޖީއެމްއެޗުން ޔަގީންކޮށްދިނެވެ.

މ. މޫސުން ބަހާރުގޭގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ތެރެއިން މިރޭ ފެނުނު އެ މީހާ މަރުވީ ބޮލަށް ލިބިފައި ހުރި ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮނެވެ. ފުލުހުން ބުނީ އޭނާ އެތަނުގައި އޮންނަން ޖެހުނު ސަބަބެއް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ބަޔަކު ދިން ހަމަލާއެއްކަން ނުވަތަ ނޫންކަން އިނގޭނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.