ޕީޕީއެމް އާއި އެމްޑީއޭ އަދި ޖޭޕީ ވެސް ބައިވެރިކޮށްގެން ސަރުކާރު ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މުލިއާގޭގައި ކުރިއަށް އެބަ ގެންދެ އެވެ. މި ބައްދަލުވުން ފަށާފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. މި ބައްދަލުވުމަށް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީގެ މެންބަރުން މިހާރު ވަނީ މުލިއާގެއަށް ވަދެވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް އެނގިފައި ހުރި ބައެއް މައުލޫމާތުތައް ރައީސް ޕީޖީ ގްރޫޕާ ހިއްސާ ކުރައްވާނެ އެވެ. އަދި އެ ހަމަލާޔާ ގުޅިގެން ރައީސް ގެންނަވާ ބައެއް ބަދަލުތައް ވެސް މިއަދު މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.