LIVE UPDATES

ޔާމީން މިނިވަން ކުރުމުން ސަޕޯޓަރުން އުފާފާޅު ކުރަނީ

Updated:
2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 28. 2019 ގައެވެ. އެމަނިކުފާނުގެ މައްޗަށް އެ ހުކުމް އިއްވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެ ފައިސާ ބޭނުން ކުރައްވައިގެން މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ ޖެނުއަރީ 21، 2021 ގައެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައިގަތީ އޭޕްރީލް 19، 2021 ގައެވެ. މިއަދު ބާއްވާ ޝަރީއަތަކީ އެމަނިކުފާނުގެ މައްޗަށް އެންމެ މަތީ ކޯޓުން ހުކުމް އިއްވަން ބާއްވާ މަޖިލީހެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ މަނީލޯންޑާ ކުރުމުގެ އިތުރު ދެ ދައުވާ ވެސް އުފާލާފަ އެވެ.