ލައިފްސްޓައިލް

މަސްވެރިންގެ ދުވަސް ސޯޝަލް މީޑިއާގައި!

ކޮވިޑް-19 އާއެކު އެެއްމެން ވެސް މަސްވެރިކަމުގެ ވާހަކަ ދައްކަން ފަށައި ކޮންމެ މީހަކު އިގްތިސޯދީ މާހިރަކަށް ވިއެވެ. އާއްމުކޮށް އިވެނީ އެއް އަޑެކެވެ. މަސްވެރިކަމަށް ބަރޯސާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރުގެ ބޮޑު ކުންފުންޏަށް މަސްވެރިކަމުން ފައިދާ ނުނެރެވެނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ކުންފުނިތަކަށް މިލިއަނުން މިލިއަނުން ފައިދާ ވެއެވެ.

މިއީ ހުސް ސުވާލެވެ. އޮތީވެސް އެންމެ ޖަވާބެކެވެ. "ދިވެހިންގެ ލޭނާރު"، މަސްވެރިކަމަކީ ސިޔާސީ ގޮތުން ދަނޑިވަޅުގައި ބޭނުކޮށްލާ ދައިރާއަކަށް ވެފައިވުމެވެ. އަޅައި ނުލައި މުޅި އިނޑަސްޓްތީ އިނދަ ޖައްސާލީ އެވެ.

އެކަން އެގޮތަށް ކޮށްފައި ވަނީ ދައުލަތަށް ރައްޔިތަށް ގެއްލުންވިޔަސް ހެޔޮ ކަމަށެވެ. އެހެންވެ އަބަދުވެސް މުހިއްމުވެފައި އޮތީ މަސްވެރިންގެ އާއިލާތަކުން ލިބޭނެ ވޯޓެވެ. މި އަހަރުވެސް ސޯޝަލް މީޑިއާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރި އެވެ. އެނގޭ އެއްޗަކީ މަސްވެރިކަމުގެ އިންޑަސްޓްރީ އަލުން ކޮޅަށް ޖަހަންޖެހޭ ކަމެވެ.

ރައީސްގެ ހިތޯބަކީ ވާހަކައެއް!

މަސްވެރިންގެ ދުވަހާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިނު އާންމު ކުރެއްވި ހިތޯބުގައި އޮގޮތުން އިގްތިސޯދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމުގެ މުހިންމުކަން މިހާރު އެނގިފައިވެ އެވެ. ކޮވިޑްގެ ބަންދު ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ސިނާއަތް އެކަންޏެވެ. ކޮވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރު ކުރަންޖެހެ އެވެ.

މިއީ ވެސް ވާހަކަ އެކެވެ. މިހާ ހިސާބުން މި އަހަރަށް ވާވަރުވީ އެވެ. އަނެއްކާ ނާރުން ލޭ ހުސްވާން ދޫކޮށްލާފައި ބާއްވާނީ އެވެ. އަނެއް ޑިސެމްބަރު 10 އައުމާއެކު އަންނާނީ މިއަށް ވުރެ މޮޅު ވާހަކަ ވިދާޅުވާ ހިތޯބެއް ނޫނީ ޖަލްސާއެކެވެ.

ޒުވާން މަސްވެރިޔާއަށް އެކަނި ނުވާނެ

ދިވެހިންގެ ފަހުރާއި ޝަރަފު ދޮށީގެ މަސްވެރިކަން ދައްކުވައިދޭ ފޮޓޯތަކެއް

ޒުވާން މަސްވެރިޔާ، ހަސަން ސާޖިން އަކީ މިއީ އެއްމެންގެ ފެވަރިޓް މަސްވެރިޔާ ކަމުގައިވެދާނެ އެވެ. އުރީދޫގެ ބްރޭންޑް އެމްބެސެޑަރުގެ އިތުރުން ސާޖިން މަސްވެރިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާއަށް ވަރަށް ގިނަ ފޮޓޯ ހިއްސާ ކުރެ އެވެ. މަސްވެރިކަމާއި ގުޅޭގޮތުން މީހުން ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރެއެވެ. ވަރަށް ޕޮޒިޓިވް ރޫހެއްގައެވެ. އެކަމަކު އޭނާ އެކަނި މަސްވެރިކަން ކޮޅަށްޖެހޭނެ ގޮތެއް ނެތެވެ.

އާޓިސްޓެއްގެ ފަރާތުން ތަހުނިޔާ

މިއީ އާޓިސްޓެއް ކަމުގައިވާ އިފްހަލް އަހުމަދު މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވަން ބޭނުން ކުރީ އޭނާގެ ހުނަރެވެ. ކޮފީ އާއި ދެލިން އިން އޭނާ ކުރަހާލި މަސްވެރިޔާއަކީ މަސްވެރިކަމުގެ ތަހުނިޔާ އަރިސް ކުރުމަށް ގިނަ ބޭނު ކުރުމަށް އޭނާގެ ބޭނުން ކޮށްލި ހުނަރެވެ. މިފަދަ ކަމެއް ކޮށްލައިގެން ދުވަސް ފާހަގަ ވެދާނެ އެވެ. އެކަމަކު މަސްވެރިކަން ކުރިއަރައިގެން ދާނެ ގޮތެއް ނުހޯދޭނެ އެވެ.

މަސްވެރިން ކަނޑުމަތީގައި އުފެއްދި ޔޫނިއަން

ސޯޝަލް މީޑިއާގައި ބަލާލި ކޮންމެ ދިމާއަކު މި ފޮޓޯ ފެނެ އެވެ. ގިނަ ބައިވަރު މަސްދޯނި އެއްފަހަރާ އެއް ތަނަކަށް ޖަމާ ކޮށްލާފައި ވަނިކޮށެވެ. މަސްވެރިންނަށް ލިބެންޖެހޭ ހައްގު ހޯދަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނަމުގައި މި ޔޫނިއަން އުފެއްދުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ގުޅިފަޅު ކަނޑުމައްޗަށް ގިނަ އަދަދެއްގެ ކަންނެލި ދޯނި ފަހަރު ޖަމާ ވެގެންނެވެ. މި ޖަލްސާގައި ސަތޭކައެއްހާ ދޯނިން ބައިވެރިވެފައިވެ އެވެ. މި ހާ ހިސާބުން ޔޫނިއަން "ކޯމާ" އަށް ދިޔުމުން އަޑު އިވޭނެ އެކަކު ވެސް ހުންނާނެ ހެއްޔެވެ؟

އަދި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން އިންތިޒާމް ކޮށްގެން ބޭއްވި އިވެންޓަކަށް ލޯ ހުއްޓުނެވެ. ސޯޝަލް މީޑިއާގައި ދައުރުވަނީ ނައިފަރުގެ 80 އަންހެނަކު އެން އަޅަން ފީނައި އެމާއެކު މާކަނޑަށް ނުކުމެ 15 ޓަނު މަސް ބާނައިގެން ރަށަށް ލެފިތަނެވެ. މިއީ ވަރަށް ޝައުގުވެރި ހަރަކާތެކެވެ. މަސްވެރި ކަމާބެހޭ ކިތަންމެ ޝައުގުވެރި ކަމެއް ހިނގި ނަމަވެސް މަސްވެރިކަން ގަދަކޮށް ފުޅާ ކުުރަން ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.