ޑރ. މުހައްމަދު މުއިއްޒު

ކެޔޮޅުންތަކަކާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެޔޮޅުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކެޔޮޅަކާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެޔޮޅުންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތައް ރައީސްއާ ހިއްސާކޮށްފަ އެވެ. އަދި ކެޔޮޅުންގެ ކަންބޮޑުވުންތައް ވެސް ކިޔައިދީފައިވެ އެވެ.

މީގެއިތުރުން މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް ކެޔޮޅުން ހިއްސާކޮށްފައިވެ އެވެ. އަދި ރައީސްގެ ވައުދާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސްގެ ކިބައިން އެދިފައިވެ އެވެ.

މިބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކެއް ކެޔޮޅުން ވަނީ ރައީސްގެ މައުލޫމާތަށްޓަކައި ހިއްސާކޮށްފަ އެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ފާހަގަކުރެވުނު ކަންކަން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ކުރިއަށް ދިޔަ ފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345