LIVE UPDATES

ނައިބު ރައީސް ވަޑައިގަންނަވާތީ ގްރީން ޒޯން ޕޮލިހުން ބަންދު ކުރަނީ

Updated:
1
  • ކޮމިޝަނާގެ ޒިންމާތައް އަރީފަށް
  • ހުސައިން ވަހީދަށް ސްޓޭޓް މިނިސްޓަރުކަން
  • ހަބީބަށް ޑެޕިއުޓީ މިނިސްޓަރުކަން
  • ސޯދިގަށް ޖެންޑާގެ ނައިބުކަން

މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރައީސް ގެނައި ބޮޑު ބަދަލަށްފަހު ކުއްލި ގޮތަކަށް މިރޭ ފުލުހުން ނޫސްކޮންފަރެންސަކަށް ތައްޔާރުވެއްޖެ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ނިއުކޮންފަރެންސް ފަށާނެ އެވެ.

މިރޭ ރައީސް އަބްދުﷲ ޔާމީން ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މާގާމުން ވަކި ކުރެއްވި ހުސައިން ވަހީދު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގައި ހުންނެވި މުހައްމަދު ސޯދިގު ޖެންޑާ މިނިސްޓްރީގެ ނައިބު ކަމަށް ބަދަލުކޮށްފި ކުރައްވައިފިއެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ފުލުހުންގެ މަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވެސް ވަނީ މިރޭ ބަދަލު ކުރައްވާފައިވާއިރު ފުލުސް އިދާރާ ހިންގުން ހަވާލު ކުރީ މިރޭ ޑެޕިއުޓީ ކޮމިޝަނާ ކަމަށް ބަދަލު ކުރެއްވި އަހުމަދު އަރީފުއާ އެވެ. އޭނާއަކީ އިންޓެލިޖެންސްގެ ވެސް ވެރިޔާ އެވެ.