ވިޔަފާރި

ކުރެދިފުށި ބަލަހައްޓަން، ކުއްޔަށް ދޫކުރަނީ

Jan 20, 2021
2

ތ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ކުރެދިފުށި ކުއްޔަށް ދޫކުރަން އޮމަދޫ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

އޮމަދޫ ކައުންސިލްގެ ނައިބް ރައީސް ޖާވިދު ހަސަން ވިދާޅުވީ އަަވަސް އަށް މިއަދު ވިދާޅުވީ މި ރަށް ކުއްދަށް ދެނީ ރަށް ސާފުކޮށް ބެލެހެއްޓުމަށް ކަމަށެވެ.

"ހަމައެކަނި ރަށް ސާފުކޮށް ބެލެހެއްޓުމަށް ހަ މަސް ދުވަހަށް ކުއްޔަށް ދެނީ. ހަމައެކަނި އެ ރަށުގައި ހުރި ކުރޮޅި އަދި ކާށި ނެގުމަށް،" ޖާވިދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ރަށަކީ ކުރިން ނަޒާކީ ކުންފުނިން ބެލެހެއްޓި ރަށެވެ. ނަމަވެސް މީގެ ތިން މަހެއް ކުރިން މި ރަށް ވަނީ އެ ކުންފުނީގެ އަތުން ނަގާފަ އެވެ.

ގާތްގަނޑަކަށް ނުވަ ހެކްޓަރުގެ މި ރަށް ކުއްޔަށް ނަގާ ފަރާތުން އެޑްވާންސުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އޭގެ ފަހުން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް ބޮޑެތި ބާރު ތަކެއް ކައުންސިލް ތަކަށް ދޫކޮށްލާފަ އެވެ. މި ބާރުތަކުގެ ތެރޭގައި ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުންނަ ތަންތަނާއި ބިންތައް ކުއްޔަށް ދިނުން ވެސް ހިމެނެ އެވެ.