މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފި

ކާޑުގެ ބާވަތްތަކުގެ އަގު އަނެއްކާވެސް ކޮންޓްރޯލް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ ކާޑުގެ އަގުތައް އަނެއްކާވެސް ކޮންޓްރޯލް ކުރީ އޮތް މުދާ ގަންނަ ފަރާތްތަކާއި ހިމާޔަތްކުރުމުގެ ގާނޫނު މިދިޔަ މަހު އުވި އާ ގާނޫނަށް އަމަަލުކުރަން ފަށާފައިވާތީ ކަމަށެވެ.

އެއާއެކު ކާޑުގެ ބާވަތްތައް ކުރިންވެސް ވިއްކުމަށް ކޮންޓްރޯލް ކޮށްފައި އޮންނަ އަގު ދެންވެސް ދެމި އޮންނާނެ އެވެ.

އެގޮތުން އާދައިގެ ހަނޑޫ ކިލޯއެއް 4.80 ރުފިޔާއަށް ، އާދައިގެ ހުދު ހަކުރު ކިލޯއެއް 4.82 ރުފިޔާ އަދި އާދައިގެ ފުށް ކިލޯއެއް 3.82 ރުފިޔާއަށް ވިއްކޭގޮތަށް އަގު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މުދާ ގެންދާއިރު ނާލާއި މަޖޫރީ ފީ އަދި ފައިދާ ލެވޭގޮތަށް ވަކި ވަރަކަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކޭނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރު ހިމެނޭ ޒޯންގައި ކާޑުގެ ބާވަތްތަކުން ކިލޯއަކަށް 1.02 ރުފިޔާ އިތުރަށް ޗާޖު ކުރެވިދާނެ އެވެ. އަދި މެދުރާއްޖެ ތެރެ ހިމެނޭ ޒޯންގައި ނަަމަ 82 ލާރި އަދި އެންމެ ދެކުނު ހިމެނޭ ޒޯންގައި ނަމަ 1.21 ރުފިޔާ އިތުރަށް ޗާޖު ކުރެވޭނެ އވެވެ.

ނަަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މުދާ ގެންދާއިރު ނާލާއި މަޖޫރީ ފީ އަދި ފައިދާ ލެވޭގޮތަށް ވަކި ވަރަކަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކޭނެ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރު އަތޮޅުތައް ހިމެނޭ ޒޯންގައި ކާޑުގެ ބާވަތްތަކުން ކިލޯއަކަށް 1.02 ރުފިޔާ އިތުރަށް ޗާޖު ކުރެވިދާނެ އެވެ. އަދި މެދުރާއްޖެ ތެރެ ހިމެނޭ ޒޯންގައި ނަަމަ 82 ލާރި އަދި އެންމެ ދެކުނު އަތޮޅުތައް ހިމެނޭ ޒޯންގައި ނަމަ 1.21 ރުފިޔާ އިތުރަށް ޗާޖު ކުރެވޭނެ އވެވެ.

ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.