މިނިސްޓްރީ އޮފް ހެލްތު

ބާރަ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރަނީ

ބާރަ ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއު ނިންމާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ 12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލްތަކަށް ބަދަލުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއު ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކޮށްފައިވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އެހީތެރިކަމުގައި ކަމަށާ އޭނާ އެ މަސައްކަތް ކޮށްދެއްވީ ހިލޭ ސާބަހަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެންމެ އުތުރުން ހއ. އިހަވަންދޫ އާއި އެ އަތޮޅު ހޯރަފުށި އަދި ހދ. ހަނިމާދޫ އާއި ށ.މިލަންދޫގެ އިތުރުން ނ.ވެލިދޫ އާއި ނ.ކެނދިކުޅުދޫ ގައެވެ. އަދި ބ.ތުޅާދޫ އާއި ޅ.ހިންނަވަރުގެ އިތުރުން ފ. ނިލަންދޫ އާއި ތ. ވިލިފުށި އަދި އދ. މާމިގިލީގައިވެސް ހޮސްޕިޓަލް އަޅާނެ އެވެ. ދެކުނުން ގދ. ގައްދޫގައިވެސް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.