ދުނިޔެ

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުން އެމެރިކާއަށް ގެއްލުންވާނެ: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން -- ރަޝިއާއަށް ދަތިކޮށް އިނދަޖައްސާލުމަކީ އުންމީދެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި
100%
0%
0%

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުން އެމެރިކާގެ އާންމު ރައްޔިތުންނަށް ކޮންމެވެސް ވަރެއް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ރަޝިޢާއަށް ދަތިކުރަން އެމެރިކާއިން އެންމެ ފަހުން އެޅި ފިޔަވަޅުތައް އަމާޒުކުރީ ތެލަށާއި ގޭހަށެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުން ތެލަށާއި ގޭހަށް ހޭދަކުރަންޖެހޭ މިންވަރު އުފުޅޭނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާއިން އެޅި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ރަޝިއާގައި ތެޔޮ ސާޜުކުރާ ދެ ކުންފުންޏަކަށެވެ. އެއީ ގޭޒްޕްރޮމް ނެފްޓް އަދި ސުރުބުޓުނެފްޓެގޭޒް އަށެވެ.

އަދި މި ދެކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކާށައި އާގުބޯޓުތަކަށް އަދި ތެޔޮއުފުލާ އެހެނިހެން އުޅަނދުތަކަށް ވެސް ވަނީ ދަތިކޮށްފަ އެވެ.

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުން އެމެރިކާއަށް ކުރާނީ ކޮންކަހަލަ ނޭދެވޭ އަސަރެއްތޯ ބައިޑަންއަށް ދެންނެވުމުން ވިދާޅުވީ، އެމެރިކާއަށް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އެމެރިކާއަށް ގޭހުގެ އަގު ބޮޑުވި ނަމަވެސް، ދަތިކުރުންތަކުން ރަޝިއާއަށް މާބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން އަދި ވިދާޅުވީ އުންމީދަކީ ރަޝިއާއަށް ދަތިކޮށްގެން ނަމަވެސް، ޔުކްރޭން ހަނގުރާމައިން ވަކި މޮޅެއް ރަޝިއާއަށް ނުލިބުން ކަމަށެވެ.

ރަޝިއާއަށް މާލީ ގޮތުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ތެޔޮ ވިއްކައިގެން ކަމަށް ބައިޑަން ވިދާޅުވި އެވެ. ރަޝިއާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް އަސްކަރިއްޔާ ގާބިލުކުރަން ހޭދަކުރާ ކަމަށްވސް ބައިޑަން ވިދާޅުވި އެވެ.

ރަޝިއާއަށް ފައިސާ ވަންނަ ދޮރުތައް ބަންދުކުރުމުން ހަތިޔާރު އުފެއްދުމާއި ހަތިޔާރު ގަތުމަށް ދަތިވާނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910