ރަޝިއާ - ޔުކްރޭން މަޝްވަރާތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔުކްރޭންގެ ރައީސް ޒެލެންސްކީ ކަކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އިނގިރޭސި ފޮކްސް ނިއުސް ޗެނަލަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން މަޝްވަރާ ބައްދަލުވުންތަކަށް ޒެލެންސްކީ ކޮންމެހެން މުހިންމެއް ނޫނެވެ. އޭނާ ބައިވެރިވާ މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ޜަޝިއާއާ އެކު ޑީލެއް ނުހެދި އޮތީ ވެސް ޒެލެންސްކީއާ ހެދި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޔުކްރޭން މަޝްވަރާތަކުގައި ބައިވެރިވެވެވަޑައިގަތުމަށް ޒެލެންސްކީ އެދިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު އޭނާގެ ސަބަބުން އެއަށް ބޮޑެތި ދަތިތައް ކުރިމަތިވެވަޑައިގަންނަވާ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން މިވަގުތު އޮތް އެނެމް ބުރަ މަސައްކަތަކީ، ރަޝިއާ - ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމެވެ. ނަމަވެސް، ޒެލެންސްކީ ވިސްނަވަނީ ބޮޑުބޭބެއިން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ޔޫރަޕްގެ ލީޑަރުންގެ ފަރާތުން އެހީ ހޯއްދަވައި ޔުކްރޭންގެ އަސްކަރިއްޔާ ވަރުގަދަކުރެއްވުން ކަމަށެވެ.
ހަތިޔާރު ހޯއްދެވުމާއި، ހަތިޔާރު އެއްކުރެއްވުން އަދި ރަޝިއާއަށް އިތުރު ހަމަލާތައް ދެއްވުމަކީ ޒެލެންސްކީގެ ސުލްހައިގެ ރޭވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި ކުރިން އޮތް ސަރުކާރަކީ ހަނގުރާމަ ހުއްޓުވަން ދަންނަ ސަރުކާރެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަނެއްކޮޅުން ޒެލެންސްކީ ވިދާޅުވާ ކޮންމެ ކަމެއް -- ތަންދޮރު ނުދަންނަ ސަރުކާރަކުން (ޖޯ ބައިޑަންގެ ސަރުކާރު) ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގައި އޮތް، ރަޝިއާ - ޔުކްރޭން މަޝްވަރާތަކުގައި ޔުކްރޭންގެ އެއްވެސް އޮފިޝަލަކު ބައިވެރިކޮށްފައި ނުވާތީ ޒެލެންސްކީ ވަނީ ޓްރަމްޕަށް ޝަކުުވާ ދަންނަވާފަ އެވެ، މިކަމާ ގުޅުވައި ޓްރަމްޕް ވިދާޅުވީ ޒެލެންސްކީ ބައިވެރިކޮށްގެން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ހަނގުރާމަ ހުއްޓުވަން މަޝްވަރާއަށް ތިން އަހަރު ޒެލެންސްކީއަށް ލިބިވަޑައިގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މަޝްވަރާއަށް ދައުވަތުދެއްވާ ކޮންމެ ފަހަރަކު ބޮޑާހާއްކަވައި ވަޑައިގަންނަވަނީ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ތުރުކީން ހުށަހެޅި އިސްލާހީ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފުލުން ދިޔައީ ޒެލެންސްކީގެ ސަބަބުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އަވައްޓެރިއެއްގެ ގޮތުން ރަޝިއާއިން ދިން އަގުބޮޑު ނަސޭހަތް ފަނުފުލުން ދިޔައީ ވެސް ޒެލެންސްކީގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.