ޔުކްރޭން ހަނގުރާމައަށް އަހަރު ފުރެން އަންނައިރު ސުލްހައަށް މަގުފަހިފަހިވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ވެރިކަމުގައި ތިބި ބަޔަކު ޔޫރަޕަށް ބިރުދައްކައިގެން ޔުކްރޭނަށް ފޯރުކޮށްދޭން ރާވަމުން ގެންދާ ޓޭންކްތަކުގެ ސަބަބުން ފެށުން ގާތީ ނިއުކްލިއާ ހަނގުރާމައެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް، ޖޯ ބައިޑަން އަށް އެއްޗެއް ވިސްނިވަޑައިގަންނަވާ ނަމަ ޔުކްރޭން ހަނގުރާމަ މިހާރު ނިންމަފާނެ އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމަ ދިގުދަންމަން ބައިޑަންގެ ސަރުކާރުން ކުރަނީ ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތެއް ކަމަށެވެ.
"ޔުކްރޭން ހަނގުރާމަ ނިންމުމުގެ ވިސްނުން އޮތް ނަމަ ބައިޑަންގެ ސަރުކާރުން މިހާރު އެކަން ކޮށްފާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން ފޯރުކޮށްދޭ ޓޭންކްތަކުގެ ސަބަބުން މަސްރަހު އެނބުރިގެން ދާނެ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ ޓޭންކްތަކަށް ފަހު ދެން ފެށޭނީ ނިއުކްލިއާ ހަނގުރާމައެއް ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ ބައިޑަން ސަރުކާރުން "އެމްވަން އޭބްރަމްސް" -- ހަނގުރާމަމަތީ ޓޭންކްތައް ޔުކްރޭނަށް ފޮނުވަން ނިންމެވުމާ ގުޅިގެންނެވެ. އަދި ޔޫރަޕުން -- ޕޮލޭންޑާއި ޖަރުމަނުން ވެސް ވަނީ "ލެޕާޑް 2" ގެ ޓޭންކްތައް ޔުކްރޭނަށް ފޮނުވަން ނިންމާފަ އެވެ. ގަބޫލުކުރެވޭ ގޮތުގައި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް ޔުކްރޭނަށް ޓޭންކްތައް ފޮނުވާނެ އެެވެ.
އެމެރިކާ އަޑީގައި އޮވެގެން ޔުކްރޭން ހަނގުރާމާގައި ހުޅުރޯކުރަން ކުރަނީ ނުރައްކާ ބޮޑު މަސައްކަތްތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހަނގުރާކޮށް ބޮޑުބަޑި ޖަހައި ބަޔަކު މެރުމަކީ ފައްކާ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އަދި ވިދާޅުވީ ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ނަމަ -- ހަނގުރާމަކުރުމަކީ ފައްކާ ކަމެއްކަން ބައިޑަންއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނަ ވެރިކަމުގައި ހުންނެވި ނަމަ ފެށޭނެ ހަނގުރާމައެއް ނޫނެވެ. ދުނިޔޭގެ ސިޔާސަތާ ކުޅެއް އެނގޭ އެކަކު ވެސް ޔުކްރޭން ހަނގުރާމައަށް ތާއީދުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ދޭތެރެ ދޭތެރެއިން ޔުކްރޭން ހަނގުރާމައަށް ފާޑުވިދާޅުވެ އެވެ. އަދި ދުނިޔެ ހަލާކުލޮށްލަން ބައިޑަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އެމެރިކާ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަ އެވެ.