ހަބަރު

މެލޭޝިޔާ ސަފީރު ކަމަށް ފަހުމީ އައްޔަން ކޮށްފި

މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރައްވައިފި އެވެ.

މެލޭޝިޔާގައި ހުންނަވާ ސަފީރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމިން ގ. ކޮއްކިރި ފަހުމީ އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މަގާމަށް ފަހުމީ އައްޔަން ކުރަން ރައްޔިތުން މަޖިލީހުން ޖުލައި މަހު ވަނީ ފާސްކޮށްފަ އެވެ.

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފަޔާޒު (އެފްއޭ) އިސްތިއުފާ ދެއްވުމުންނެވެ.