ހަބަރު

ކުރިއަށް އޮތް 24 ގަޑި އިރު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް

Nov 7, 2015

މޫސުން ގޯސްވެ ކުރިޔަށް އޮތް 24 ގަޑިއިރު ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ވަނީ މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މޫސުން ގޯސްވެފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މި ދުވަސްވަރަކީ ވައި ގަދަ ދުވަސްވަރަކަށް ވުމުން ވިއްސާރައާއެކު ކަނޑުވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.