ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 118 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ 4:06 ގައި މަރުވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވަ ހޯދަމުން އައި މީހެކެވެ.

މިއަދު ހެނދުނު 10:45 ގައިވެސް އެ ފެސިލިޓީން މީހަކު މަރުވެފައިވެއެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 118 އަށް އެރީއެވެ.

އިއްޔެވެސް ކޮވިޑްގައި ހަތަރު މީހަކު މަރުވިއެވެ. އެއީ ލ. ގަމުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހަކާއި އޭޑީކޭގައި މަރުވި މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވި މީހެކެވެ.