ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 95 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާގައި ދޮށީ އުމުރުގެ މީހަކު ބައިވެރިވަނީ: ކޮވިޑަށް ފަރުވާ ހޯދަމުން އައި 95 އަހަރުގެ އަހަރުގެ ދިވެއްސަކު ވަނީ މަރުވެފައި -- އަވަސް ފޮޓޯ
0%
0%
0%

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ މިއަދު އިރުއޮއްސި 6:17 ގައި މަރުވެފައިވަނީ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާއަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންގޮސްފައި އޮތް މީހެކެވެ.

މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 276 އަށް އަރާފައެވެ. މިއީ މި މަހުގެ 13 ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާތަނަށް 136،126 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 17،589 މީހަކު އަދިވެސް ބަލީން ފަސޭހަނުވެ އެވެ. ބަލީން ފަސޭހަވީ މީހުންގެ އަދަދަކީ 118،249 އެވެ.

އިއްޔެ މި ބައްޔަށް 2،838 މީހަކު ޕޮޒިޓިވްވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910