ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ފުވައްމުލަކުން ކޮވިޑް މަރެއް، ނަންބަރު 251 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް ޖެހި ފަރުވާ ހޯދަމުން އައި މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަަރުވީ ފުވައްމުލަކު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއަދުގެ މަރު ރިޕޯޓްކޮށްފައިވަނީ މެންދުރު ފަހު 2:55 ގައެވެ. މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 251 އަށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްނުވެ އެއް މިންގަނޑެއްގައި ހިފެހެއްޓެމުންދާއިރު އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި މިދިޔަ ސައުވީސް ގަޑިއިރުތެރޭ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 24 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 74 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،561 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،613 މީހުންނެވެ. މިހާތަނަށް 89،774 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.