މިނިސްޓްރީ އޮފް ހެލްތު

ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފްލޫ ކްލިނިކް ހިންގޭގޮތް ހަދައިފި

May 21, 2021
1

އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފްލޫ ކްލިނިކް ހިންގޭ ގޮތް ހަދަން ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ފްލޫ ކްލިނިކްތައް ހިންގަންވާނީ މިނިސްޓްރީ އޮފް ހެލްތުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ފްލޫ ކްލިނިކްތަކުގައި ހުންނަންޖެހޭ ރިކުއަޔާމަންޓްތަކާއި ފްލޫ ކްލިނިކް ހިންގުމަށް ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ޝައުޤުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް އެ މިނިސްޓްރީގެ [email protected] އީމެއިލަށް މެއި 25 ގެ ކުރިން އީމެއިލަކުން އެންގުމަށް އެދިފައެވެ.