ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލެ ސަރަހައްދުގައި ހަ ތަނަކުން ޕީސީއާރު ޓެސްޓު ހެދޭނެ

މާލެ ސަރަހައްދުގައި ހަ ތަނަކުން ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން މިއަދު ބުނީ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި އާރްއެމްއެލް ލެބް ސާވިސް އާއި މެޑްލެބް ޑައިގްނޯސްޓިކްސް އިން ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ އެ ތަންތަނަށް ގުޅޭނެ ނަންބަރާއި މައުލޫމާތުވެސް އާންމުކޮށްފައެވެ. ނަމަވެސް ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތަކެއް އާންމުކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެކި ތަންތަނުގައި އަގުތައް ތަފާތެވެ. ބައެއް މީހުން ވަނީ އައިޖީއެމްއެޗަށްވުރެ އޭޑީކޭގައި ޕީސީއާރު ޓެސްޓް ހެދޭ އަގު ހެޔޮ ކަމަށް ބުނެ އައިޖީއެމްއެޗުން ބޮޑު އަގުގައި ޓެސްޓް ހަދައިދެނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު މިއަދު 15 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހަދައިގެން ސަފާރީތަކާއި ރިސޯޓްތަކަށް އަދި ގެސްޓްހައުސް ހިންގާ ތަންތަނަށް ދެވޭނެ އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން މާލޭގައި މަޑުކުރާނަމަ އެނބުރި ގައުމަށް ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދާ ކޮވިޑް ނެތްކަން ކަށަވަރު ކުރަން ޖެހެއެވެ.

ޕީސީއާރު ޓެސްޓް ހެދުމުގެ ހުއްދަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދެނީ އެޗްޕީއޭއިންނެވެ.