ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ ސިއްހީ އެހީތެރިންގެ އަދަދު 64 އަށް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާތަނަށް 64 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ މަހު ކަމަށެވެ.

މިދިޔަ މަހު އެކަނި 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު އެ ދާއިރާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 64 އަށް އަރާ އެވެ އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެކްނީޝަނުން އަދި ރޭޑިއޯގްރާފަރުންނާއި މަސައްކަތްތެރިން ހިމެނެ އެވެ.

ކޮވިޑްގެ ބަލި މީހުންނަށް ދަރުމަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެ އެވެ. އެ ތަންތަނުން ވެސް ސިއްހީ އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވެފައި ވެއެވެ. އަދި އައިޖީއެމް ހޮސްޕިޓަލުން ވެސް ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކޮވިޑްގައި މަރުވި މީހަކަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ސިއްހީ އޮފިޝަލުންނެވެ.

މީގެ އިތުރުން އޭޑީކޭއިން ބައެއް ސިއްހީ އޮފިޝަލުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޓްރީޓޮޕްގެ ބައެއް މުވައްޒިފުން ވެސް ޕޮޒިޓިވްވެފައި ވެއެވެ. އެ ހޮސްޕިޓަލަކީ ކުރިން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރި ތަނެކެވެ.