ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ނިންމެވުން: ނަސީމާއި މަހްލޫފް ތާއީދު

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދެ ވަޒީރަކު ތައުރީފް ކުރައްވައިފި އެވެ.

އެގޮތުން ރައީސް މުއިއްޒުގެ ނިންމެވުމާ ގުޅިގެން ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

މިނިންމުމާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަގީގަތް ކަމަށެވެ. ހާއްސަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަގީންވާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

"ވޭޕު ކުރުން ހުއްޓުވުމުގެ މަގުސަދުގައި ވޭޕުކުރަން ބޭނުންކުރާ ސާމާނާއި އޭގެ ވަކިވަކި ބައިތައް އެތެރެކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވި ނިންމުމަކީ ރަނގަޅު ކަމެއް ކަމަށް ދެކި މަރުހަބާ ކިޔަން،" މަހްލޫފް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.

ރައީސްގެ ނިންމެވުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސީ ބޭފުޅުންނާއި އަދި ވަރަށް ގިނަ އާންމުންވެސް ވަނީ ތައުރީފް ކުރައްވާފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނިވެސް 19.7 މިލިއަން ރުފިޔާގެ ވޭޕް ރާއްޖެ އެތެރެކޮށްފައިވެ އެވެ. ވޭޕް އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށްވާތީ 50 ގައުމަކަށް ވޭޕް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޮޅުވާހަކަދެ

ވޭޕް މަނާކުރުން ރަނގަޅު،ސިގެރޭޓް އަގުބޮޑުކޮށްގެން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދުކުރާވާހަކަ މީގެ 2009 (15އ)ކުރީގައިވެސް ދެކެވުނު..މަދުވި ތޯ؟ހަރުދަނާ ޤާނޫންތައް ތަންފީޒްނުކުރެވުމަކީ ޑިއުޓީ ބޮޑުކޮށްގެން*ބަލާޖައްސާއިގެން*މިކަން މައިތިރިކުރާށޭ ކިޔާގެން ރައްޔިތުން ފެލާލުން ތިއަށްކިޔަނޫ

ހީވެސްނުވޭދޯ

ކޮބައި އިދިކޮޅުބަހެއްވެސްނުކިޔާ މިކަމައްހިއްވަރުދޭ ޕާޓީއެއްތަ؟؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910