މިނިސްޓްރީ އޮފް ހެލްތު

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޕްލޭން އެކުލަވާލަން ފަށައިފި

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއެކު ފަސް އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރެއްވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރޭވުންތެރިކަމާއި ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތަށް ކުރިއަށް ގެންދިއުމަށް މި ޕްލޭން އެކުލަވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުން ނިޒާމުގެ ތެރެއިން އެހީވަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ގޮތުން އެންމެ ރަނގަޅު މަސައްކަތެއް ކުރާ ކައުންސިލްތަކަށް އެ އިދާރާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު މި ޕްލޭން އެކުލެވިގެންދާއިރު ފަހިކޮށްދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ރައީސް މުއިއްޒު ނިންމެވީ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު މިދިޔަ އޮކްޓޫބަރު މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910