އިހަވަންދޫ

އިހަވަންދޫގައި ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ ---ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެންނެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ އެ މަނިކުފާނުގެ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވުން ކަމަށެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި ޑައިލެސިސްގެ ހިދުމަތް ރޯދައިގެ ކުރިން ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910