އަބްދުﷲ ނާޒިމް އިބްރާހިމް

ބޭހުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙީމް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ބޭސް ލިބޭ ނިޒާމު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ބޭސް ލިބެން ހުރީވެސް އެންމެ ރަނގަޅު އަގުތަކުގައި ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

އެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ލަހެއް ނުވެ ފެންނާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ.

"ބޭހުގެ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން،" ނާޒިމް ވިދާޅުވި އެވެ.

ބޭހުގެ ނިޒާމު ގަނޑުބަނޑުކުރަން އަބަދުވެސް ބަޔަކު އުޅޭ ކަމަށާއި އެ ގޮތުން ސިޔާސީ ބޭނުމަށް މިފަދަ ކަންކަން ނުބައިކޮށް ފަތުރާ ބަޔަކު އުޅޭ ކަމުގައި އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910