ރައްޔިތުންގެ މަޖިލިސް

ތިން ވަޒީރުންނަށް ރުހުން ދީފި

ޑރ. އަބްދުﷲ ހަލީލް، މޫސާ ޒަމީރު އަދި އަބްދުﷲ ނާޒިމް އިބްރާހީމް
0%
0%
0%

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު ބަދަލު ގެންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުން ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.

އެ ގޮތުން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް އެވެ.

ފޮރިން މިނިސްޓަރުގެ މަގާމަށް އަބްދުﷲ ހަލީލް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 86 މެންބަރުންގެ އިއްތިފާގުންނެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އެވެ. ފިނޭންސް މިނިސްޓަރު ކަމަށް މޫސާ ޒަމީރު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 86 މެންބަރުންގެ އިއްތިފާގުންނެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް ނާޒިމް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 86 މެންބަރުންގެ އިއްތިފާގުންނެވެ.

ނާޒިމު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910