އަބްދުﷲ ނާޒިމް އިބްރާހިމް

ޑިޖިޓަލް ވަސީލަތްތަކާއެކު ހިދުމަތް ރަނގަޅުކުރުމަކީ އަމާޒެއް: ނާޒިމް

0%
0%
0%

ޑިޖިޓަލް ވަސީލަތްތަކާއެކު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒުކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ނާޒިމް ވިދާޅުވީ ޑިޖީޓަލް ސިއްހީ ނިޒާމެއްގެ ތެރެއިން ރައްކާތެރި އަވަސް ސިއްހީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ނާޒިމް ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއެކު ހިޔުމަން އެރާ ނުވަތަ މަސައްކަތުގެ ތެރޭގައި އިންސާނުންނަށް ނޭނގި ހެދޭ ގޯސްތައް މަދުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވޯކް ވަރަށް އަވަހަށް އިފްތިތާހު ކުރެވޭނެ ކަމަށާއި މި ފްރޭމްވޯކް ފަރުމާކޮށްފައިވާނީ ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސިއްހީ ގިނަ ހިދުމަތްތަކެއް ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިވާނެ ގޮތްތައް ހިމަނައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑިޖިޓަލް ސިއްހީ ނިޒާމެއްގެ ސަބަބުން ފައިދާކުރި ނަމަވެސް އެފަދަ ޕްލެޓްފޯމްތަކުގައި ހުންނަ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާމެދު ވިސްނަންޖެހޭ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345