ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ކުޑައިރުކޮޅެއްގެ ތެރޭގައި ދަރުބާރުގޭގައި ފަށާނެ އެވެ. ވަރުގަދަ ސަލާމާތީ ފިޔަވަޅުތަކާއެކު މިރޭގެ ޖަލްސާ ކުރިޔަށްދާއިރު ޝަރަފުވެރި ކަމުގެ ގައުމީއިނާމު 3 ބޭފުޅަކަށް އަދި ހިތްވަރުގެ ގައުމީ އިނާމު 19 ބޭފުޅަކަށް އަރުވާނެ އެވެ. މީގެ އިތުރުން މިރޭގެ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާއި އެފަދަ އެހެން މެޑަލްތައް އަރުވާއިރު ގައުމާ މުހާތަބު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާނެ އެވެ. މިރޭގެ މިއީ "ފިނިފެންމާ" ލޯންޗުކޮޅުގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަަލާއަށްފަހު މިފަދަ ޖަލްސާއެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިރޭ ޖަލްސާއަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވާނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ދެކަނބަލުންނެވެ. މިރޭގެ ހާއްސަ ޖަލްސާގައި ސަރުކާރުގެ ވެރިންނާއި އިތްޒަތްތެރިންނާއި ބޭރުގެ ޑިޕްލޮމޭޓުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިރޭ މިޖަލްސާ ބާއްވާއިރު މިއަދު ހަވީރު ރައީސް ވަނީ ކުއްލި ނުރައްކަލުގެހާލަތު އަނބުރާ ގެންދަވާފަ އެވެ.