ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭނެ: އުމަރު

ދެހާސްތޭވީހުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓްގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނޯންނާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މިވަގުތު ފަސް އަހަރުގެ ޖަލު ހުކުމެއް އެބައޮތެވެ. އެ މައްސަލައިގެ އިސްތިއުނާފު މިހާރު ސުޕްރީމް ކޯޓްގައި ކުރިއަށް ދާއިރު ދަށު ކޯޓްގެ ހުކުމް ދަމަހަައްޓައިފިނަމަ ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތެއް ނޯންނާނެ އެވެ. އަދި އެ ހުކުމް ބާތިލުކުރި ނަމަވެސް މިހާރު ދަށު ކޯޓް މަރުހަލާގައި ހިންގާ ޝަރީއަތްތަކުން އިތުރު ހުކުމެއް އައި ނަމަވެސް އިންތިހާބުން ފުރުސަތު ނުލިބޭނެ އެވެ. އެހެން ކަމުން 2023 ގެ އިންތިހާބުން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައި ނުގަންނަވާނެ ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ އިންތިހާބު ބޭއްވޭނީ ރައީސް ޔާމީނާއެކު ކަމަށާ ރިޔާސީ ރޭހުން ރައީސް ޔާމީން އެކަހެރި ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށްވެސް ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެކަމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ 2023 ގެ ކެންޑިޑޭޓުންގެ ލިސްޓްގައި ޔާމީންގެ ނަން ނޯންނާނެ ކަމަށެވެ. އަދި އިންތިހާބުން ފުރުސަތު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީންގެ ނަމެއް ނޯންނާނެ ރިޔާސީ ޓިކެޓަކުއެއް. ރައީސް ޔާމީނަކަށް އެ ފުރުސަތެއް ނުލިބޭނެ އިނގޭތޯ. ދެން ރައީސް ޔާމީނާމެދު ހިންގުނު ޝަރީއަތާމެދު އަޅުގަނޑު ދަންނަވާނީ ސިޔާސީ ނުފޫޒު ފޯރުވިއޭ އެ މައްސަލައަށް. ސިޔާސީ މީހެއްގެ މައްސަލަ ކޯޓެއްގައި ހިނގާއިރު ރަނގަޅަށް ހުކުމް ކުރިޔަސް ގޯސްކޮށް ހުކުމްކުރިޔަސް ސިޔާސީ ނުފޫޒު ވަންނާނެ. ސިޔާސީ ނުފޫޒު ނުވަދެއެއް ނުހުންނާނެ. އެއީ ކޮންމެހެން މި ސަރުކާރަކު ނޫން. ކޮންމެ ސަރުކާރެއްގައިވެ ސް އެކަން އޮތްގޮތް އެއީ،"

އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީންގެ ނަމެއް ނޯންނާނެ ރިޔާސީ ޓިކެޓަކުއެއް. ރައީސް ޔާމީނަކަށް އެ ފުރުސަތެއް ނުލިބޭނެ އިނގޭތޯ. ދެން ރައީސް ޔާމީނާމެދު ހިންގުނު ޝަރީއަތާމެދު އަޅުގަނޑު ދަންނަވާނީ ސިޔާސީ ނުފޫޒު ފޯރުވިއޭ އެ މައްސަލައަށް. ސިޔާސީ މީހެއްގެ މައްސަލަ ކޯޓެއްގައި ހިނގާއިރު ރަނގަޅަށް ހުކުމް ކުރިޔަސް ގޯސްކޮށް ހުކުމްކުރިޔަސް ސިޔާސީ ނުފޫޒު ވަންނާނެ. ސިޔާސީ ނުފޫޒު ނުވަދެއެއް ނުހުންނާނެ. އެއީ ކޮންމެހެން މި ސަރުކާރަކު ނޫން. ކޮންމެ ސަރުކާރެއްގައިވެ ސް އެކަން އޮތްގޮތް އެއީ
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

ނަމަވެސް އަމިއްލަފުޅު އެކައުންޓަށް މުސާރައިގެ ބޭރުން އެއްވެސް ފައިސާއެއް ޖަމާ ކުރެއްވުމަކީ ރައީސް ޔާމީނަށް ހެއްދެވުނު ގޯހެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސުޕްރީމް ކޯޓްގައި އޮތް އިސްތިއުނާފު މަރުހަލާގައި އެ ކޯޓުން ވެސް ދަށު ކޯޓްގެ ހުކުމް ދަމަހައްޓަވާނެ ކަމަށް ފެންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކުރުން އެއީ ކުށެއް. އެކަން ނުކުރެވޭނެ އެއްގޮތަކަށް ވެސް. އެއަށް އަދަބު ލިބެން ވާނެ އެނގޭތޯ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ އެކައުންޓަށް އޭނާގެ މުސާރަ ނޫން އެހެން އެއްވެސް އެއްޗެއް ޖަމާ ނުކުރެވޭނެ. ޕާޓީއަށް ދިން ފަންޑިން އެއްނަމަ ޕާޓީގެ އެކައުންޓަށް އެ އެއްޗެއް ވަންނަން ވާނީ. އެހެންވީމަ އެއީ ރައީސް ޔާމީނަށް ހެއްދެވުނު ގޯހެއް،" އުމަރު ވިދާޅުވި އެވެ. "ސުޕްރީމް ކޯޓުން ވެސް އެ ހުކުމް ދަމަހައްޓާނެ ކަމަށް ފެންނަނީ. އެ ހުކުމް ސުޕްރީމް ކޯޓުން ރިވާސް ކުރާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

އުމަރު ވިދާޅުވީ ޕީޕީއެމްއަށް އޭނާގެ ވަރަށް ބޮޑު އިހުތިރާމެއް އޮންނާނެ ކަމަށާ އެއީ ރައީސް މައުމޫނާއި ރައީސް ޔާމީނާއެކު އޭނާ އިސްވެ ހުރެ އުފެއްދެވި ޕާޓީއެއް ކަމަށެވެ. ނަމަވެސް ޕީޕީއެމާއި ދުރުގައި ހުންނެވީ އޭނާއަކީ ރައީސް ޔާމީންގެ ސަޕޯޓަރަކަށް ވެވަޑައި ނުގަންނަވާތީ ކަމަށެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި މިހާރު ޕީޕީއެމް އާއި ޕީއެންސީގައި އިސްކޮށް ތިއްބެވި ކޮންމެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިން ނަމަވެސް ޕީޕީއެމް ރައީސް ޔާމީނަށް ގެއްލޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ކޮންމެ މީހެއްގެ އަތަށް ޕާޓީގެ ޓިކެޓް ދިން ކަމުގައި ވިޔަސް އަދި ޕްރައިމަރީ ބޭއްވިޔަސް އެހެން ގޮތެއް ހެދިކަމުގައި ވިޔަސް ރައީސް ޔާމީންގެ އަތުން ޕާޓީ ގެއްލޭނެ. އަޅުގަނޑުމެންނަށް ފެންނަން އެ އޮތީ ނަޝީދަށް ވީގޮތް. އަޅުގަނޑުމެންނަށް ފެނުނު ރައީސް މައުމޫނަށް ވީގޮތް ދެއްތޯ. ހަމަ އެ މަގުން ރައީސް ޔާމީން ވެސް ދާނެ ކެންޑިޑޭޓަކު ނެރުއްވައިފިއްޔާ ޕީޕީއެމުން،"

ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީންގެ އަތްޕުޅުގައި ބޭއްވުމަށް އޮތީ އެންމެ ދެ ގޮތް ކަމަށްވެސް ވިދާޅުވިއެވެ. އެއް ގޮތަކީ އެހެން ކެންޑިޑޭޓަކަށް ޔާމީންގެ ތާއީދު ދެއްވުން ކަމަށާ ނޫނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ނުވަތަ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބަށް ނެރުއްވުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އެމަނިކުފާނަށް އޮތް އެންމެ މޮޅު ގޮތަކީ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން. އެއީ އަޅުގަނޑު ކަމަށް ވިޔަސް އަދި ގާސިމް ކަމަށްވިޔަސް އެހެން ބޭފުޅަކަށް ނަމަވެސް ތާއީދު ކުރެއްވުން. ނުވަތަ އެބޭފުޅާގެ ދަރިފުޅަކު ނުވަތަ އަނބިކަނބަލުން ނޫނީ އެ ބޭފުޅާގެ ތިމާގެ އިތުބާރުކުރެވޭ ޔަގީންކަން ސަތޭކަ ޕަސެންޓް އޮތް ބޭފުޅަކު ނެރުއްވުން. އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީންގެ އަނބިކަނބަލުން ނުވަތަ ދަރިފުޅު ނޫން ބޭފުޅަކު އެތާން [ޕީޕީއެމް] ގެ ތެރެއިން އެ އިތުބާރު އެ ބޭފުޅާއަށް އޮންނާނެ މީހަކު،"

އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ކޮންމެ މީހެއްގެ އަތަށް ޕާޓީގެ ޓިކެޓް ދިން ކަމުގައި ވިޔަސް އަދި ޕްރައިމަރީ ބޭއްވިޔަސް އެހެން ގޮތެއް ހެދިކަމުގައި ވިޔަސް ރައީސް ޔާމީންގެ އަތުން ޕާޓީ ގެއްލޭނެ. އަޅުގަނޑުމެންނަށް ފެންނަން އެ އޮތީ ނަޝީދަށް ވީގޮތް. އަޅުގަނޑުމެންނަށް ފެނުނު ރައީސް މައުމޫނަށް ވީގޮތް ދެއްތޯ. ހަމަ އެ މަގުން ރައީސް ޔާމީން ވެސް ދާނެ ކެންޑިޑޭޓަކު ނެރުއްވައިފިއްޔާ ޕީޕީއެމުން. އެމަނިކުފާނަށް އޮތް އެންމެ މޮޅު ގޮތަކީ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން. އެއީ އަޅުގަނޑު ކަމަށް ވިޔަސް އަދި ގާސިމް ކަމަށްވިޔަސް އެހެން ބޭފުޅަކަށް ނަމަވެސް ތާއީދު ކުރެއްވުން. ނުވަތަ އެބޭފުޅާގެ ދަރިފުޅަކު ނުވަތަ އަނބިކަނބަލުން ނޫނީ އެ ބޭފުޅާގެ ތިމާގެ އިތުބާރުކުރެވޭ ޔަގީންކަން ސަތޭކަ ޕަސެންޓް އޮތް ބޭފުޅަކު ނެރުއްވުން
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ ރައީސް ޔާމީނަކީ އޭނާ އެކުގައި މަސައްކަތް ކުރެއްވި ލީޑަރުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވި ހާލަތަށް ދިޔައީ ހެއްދެވުނު ގޯސްތައް ގިނަވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީނަށް އޮތުން ވަރަށް މުހިންމު ކަމަށެވެ.

ނަމަވެސް މިވަގުތު ދެ ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ފުރުސަތު ދެއްވައިފިނަމަ އެ ކޮންޓްރޯލް އެމަނިކުފާނަށް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ދެން އެތިބި ކޮންމެ ކެންޑިޑޭޓަކީ ފުރުސަތަށް ބަލަބަލާ ތިބި ކެންޑިޑޭޓުން. އެ ބޭފުޅުން އެ ކިޔާ ލަވަ، ޔާމީން މިނިވަން ވާނޭ، ތިމަންނަ މިހުރީ ޔާމީން ބުނާ ގޮތް ހަދަންވެގެންނޭ އެ ދައްކާ ވާހަކަ އެއީ ފޭކު ވާހަކަ. އެއީ ކަނޑައެޅިގެން ދޮގު އެނގޭތޯ. އެކަން އެނގޭނެ އެންމެނަށްވެސް. އެހެންވީމަ އެތާންގައި ސަފުހަދައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް އެ ތިއްބެވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޓިކެޓް ހޯދޭނެ ކަމުގެ އުންމީދުގައި ތިއްބެވި ބޭފުޅުން. ރައީސް ޔާމީނަށް ހެޔޮ އެދޭނެ ބޭފުޅެއް ނޫން އެއީއެއް،" އުމަރު ވިދާޅުވިއެވެ.