ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދަން ނިންމައިފި

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއް އަލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމިކަން މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު "އަަވަސް" އަށް ވަނީ ކަށަވަރުވެސް ކޮށްދެއްވާފަ އެވެ.

ޒިޔާއު ވިދާޅުވީ މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުުރު ދާއިާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކަކީ ހުރިހާ މެންބަރުން އެއް ތަނަކަށް ޖަމާވެގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކަށް ވާއިރު ކޮވިޑާ ގުޅިގެން މިހާރުވެސް މަޖިލިސް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ވީވަރަކުން ގައިިދުރުކޮށް މާސްކު ވެސް އަޅައިގެން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާއިރު މަޖިލީހުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަން ޖެހޭނީ އެޗްޕީއޭގެ އިރުޝާދާ ލަފައާއި އެއްގޮތަށް އިތުރު ފިޔަވަޅުތަކާ އެކުގައި ކަން އީވާ ފާހަގަ ކުރެއްވި އެވެ

"އެހެންވީމާ މަޖިލިސް ފަހަރެއްގައި އޮންލައިންކޮށް ބަދަލުކުރަން ޖެހުނަސް ވީހާވެސް އަވަހަކަށް އަޅުގަނޑު މެމްބަރުންނަށް އަންގާނަން. އިރާދަކުރެއްވިއްޔާ މަޖިލިސްގެ އިދާރީ މޭޒު އޮތީ މާދަމާ އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުނަސް އެކަމަށް ތައްޔާރުވެގެން" އީވާ ވިދާޅުވި އެވެ.

ކޮވިޑް އެންމެ ފުރަތަމަ ރާއްޖޭގައި ފެތުރެން ފެށުމުން އެޅި ފުރަބަންދުގެ ފިޔަވަޅުތަކާ ގުޅިގެންވެސް މަޖިލިސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ދަރަޖައަށް ވަނީ އުފުލިފަ އެވެ.

މިހާތަނަށް ކޮވިޑް ޖެހިފައިވާ 55،924 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 135 މީހަކު ވަނީ މަރުވެފަ އެވެ.