ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިިފި

Nov 12, 2015

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލާފައި ވަނީ އަންނަ ހަފުތާގެ ބުދައިގެ ނިޔަލަށެވެ. ގާނޫނުގައިވާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެއެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރުވެފައިވެފައިވާ ދިވެހިންނަށެވެ. މަގާމުގ ޝަރުތުތަގެ ތެރޭގައި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިނުވާ މީހަކަށްވުމާއި އިންތިޚާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން ހިމެނެ އެވެ.