ޖިންސީ ފުރައްސާރަ

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިފި

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލައިފި އެވެ.

ތ. ވޭމަންޑޫ އިން މި މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މި މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

ޖިންސީ ޝިކާރައަށްވި އަންހެން ކުއްޖާ ދިރިއުޅޭ ރަށަށް މި މީހާ ދޫކޮށްލުމާ ގުޅިގެން ސޯޝަލްމީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީޖީ އޮފީހުން ބުނީ މި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފް ކުރާނެ ކަމަށެވެ.