AVAS PHOTO ESSAY

އެކްސް ޕްރެސް ޕާލްގެ އަލިފާން

އެމްވީ އެކްސްޕްރެސް ޕާލް: ބޯޓު މާކަނޑަށް ބޭރު ކުރަން ކުރި މަސައްކަތުގައި ވަނީ ނާކާމިޔާބުވެފައި

އަވަށްޓެރި ސްރީ ލަންކާ ބަނދަރަށް ވަންނަން މަސައްކަތް ކުރަނިކޮށް ކޮންޓެއިނާ ބޯޓު، "އެމްވީ އެކްސްޕްރެސް ޕާލް" ގައި ރޯވެފައި ވަނީ މިދިއަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އަލިފާން ރޯވުމުން އިންޑިއާ އާއު ސްރީލަންކާގެ ކޯސްޓްގާޑުން ކުރި މަސައްކަތުން އަލިފާނުގެ ހުޅުގަނޑު ހިސާބަކަށް މައިތިރި ކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ހުޅުފަޅައިގެން ގޮސް ދަނީ އަނދަމުންނެވެ. މިއީ ލަންކާއަށް ދިމާވެފައިވާ ވަރަށް ބޮޑު ގައުމީ މައްސަލައަކަށް މިހާރު ވަނީ ވެފައެވެ. އަދި މި މައްސަލަ ވަނީ ބައިނަލްއަގުވާމީ ވާހަކައަކަށް ބަދަލުވެފަ އެވެ.

ބޯޓުގެ ބޮޑު ބައެއް އަނދައި އޮނިގަނޑު ހަލާކުވުމަށް ފަހު މިހާރު ވަނީ ކޮޅުފަސްކޮޅު ގަނބައިގަނެ ވިދިފައި
އެމްވީ އެކްސްޕްރެސް ޕާލްގެ މައްސަލާގައި ތިމާވެއްޓާ ބެހޭ ޖަމިއްޔާތައް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައި

ބޯޓު އަނދަމުންދާ މައްސަލާގައި ލަންކާ ޕޯޓްސް އޮތޯރިޓީން ބެލީ ލަންކާގެ އައްސޭރިއާ ދުރުން މާ ކަނޑަށް ބޯޓް ދަމާފައި ގެންދެވޭތޯ އެވެ. ނަމަވެސް ހުޅުގަނޑު މައިތިރި ނުކުރެވި މިހާރު ވަނ ގިނަ ދުވަސްވުތަކަކަށް ދިގުލައިފަ އެވެ. ބޯޓުގެ އޮނިގަނޑު ހަލާކުވެފައިވުމުން ބޭނުންވާ ގޮތަށް ދުރަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އަނެއްކޮޅުން އަލިފާނާއެކު އަނދަ އަނދާ އޮތް ބޯޓު މިހާރު އޮތީ އެއްކޮޅަށް ގަނބައިގަނެ އެބައި އަޑިއަށް ގޮސް ވިދިފަ އެވެ.

އެމްވީ އެކްސްޕްރެސް ޕާލް
އެމްވީ އެކްސްޕްރެސް ޕާލް

އަނދަމުންދާ ކޮންޓައިނާ ބޯޓަކީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ ބޯޓުގެ ކޮންޓެއިނާތަކުގައި ނައިޓްރިކް އެސިޑް ހުރެ ލީކުވަމުން ދިއުމެވެ. އެ ބޯޓުގައި 1486 ކޮންޓެއިނާ އެބަހުއްޓެވެ. އޭގެ ތެރެއިން 25 ޓަނަކީ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލެވެ. އަލިފާން ރޯވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކެމިކަލްތައް މިހާރު ވަނީ އަނދާ ހުލިވެފަ އެވެ.

އެމްވީ އެކްސްޕްރެސްގައި އަލިފާން ރޯވާން މެދުވެރިވީ ބޯޓުގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަމަށް ބެލެވޭ
އެމްވީ އެކްސްޕްރެސްގައި އަލިފާން ރޯވާން މެދުވެރިވީ ބޯޓުގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަމަށް ބެލެވޭ
އެމްވީ އެކްސްޕްރެސްގައި އަލިފާން ރޯވާން މެދުވެރިވީ ބޯޓުގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަމަށް ބެލެވޭ
އެމްވީ އެކްސްޕްރެސްގައި އަލިފާން ރޯވާން މެދުވެރިވީ ބޯޓުގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަމަށް ބެލެވޭ

ބޯޓުގެ މި މައްސަލައަކީ ލަންކާއަށް މިހާރު އޮތް ވަރަށް ބޮޑު މައްސަލައެކެވެ. ބޯޓުގައި މިހާރުވެސް 322 މެގަޓަނުގެ ތެޔޮ އެބަހުއްޓެވެ. ތަޖުރިބާކާރުން ވިދާޅުވާ މިހާރު ވެސް ތެލުގެ ބޮޑުބައެއް ވަނީ އަނދާފަ އެވެ. ކޮވިޑް ގޯސް ހާލާތުގައި ލަންކާ އޮއްވާ މި ހާދިސާގެ ތެރެއިން ކަނޑަށް ތެޔޮ އެޅިދާނެތީ ލަންކާ މިހާރުވެސް އޮތީ އިމާޖެންސީ ހާލަތުގަ އެވެ. އެހެން ވެއްޖެ ނަމަ ލަންކާގެ ފަރަށާއި އައްސޭރިއަށް 2004 ސުނާމީން ލިބުނު ގެއްލުންތަކަށް ވުރެ ވެސް ނުރައްކާ ވުން ކައިރި އެވެ.

އެމްވީ އެކްސްޕްރެސް ޕާލް