ދުނިޔެ

ރާޖަޕަކްސާ ހަތަރު ބެއިން އާންމު އިންތިޚާބުގައި ވާދަނުކުރާނެ

ލަންކާގެ ސިޔާސީ މައިދާނަށް ފަރިތަ ރާޖަޕަކްސާ އާއިލާއަށް ނިސްބަތްވާ ހަތަރު ބެއިން -- މަހިންދާ ރާޖަޕަކްސަ އާއި ގޮޓާބަޔާ ރާޖަޕަކްސަ، ބަސިލް އަދި ޗަމާލް ރާޖަޕަކްސަ، ލަންކާގައި އަންނަ ނޮމެވްބަރު 14 ގައި އޮންނަ އާންމު އިންތިޚާބުގައި ވަދާނުކުރައްވާނެ އެވެ

ލަންކާގެ ނޫސްތައް ބުނާ ގޮތުން މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން އަދި ގޮޓާބަޔާ ރާޖަޕަކްސާ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، ނަމާލް ރާޖަޕަކްސާ މި އިންތިޚާބުގައި ވާދަކުރައްވާނެ އެވެ.

މަހިންދާ ރާޖަޕަކްސާ ވަނީ ލަންކާގައި ރައީސްކަން ކުރައްވާފަ އެވެ. އަދި ބޮޑުވަޒީރުގެ މަގާމު ވެސް ފުރުއްވާަފަ އެވެ.

ގޮޓާބަޔާ ވެސް ވަނީ ލަންކާގެ ރައީސްގެ މަގާމު ފުރުއްވާފަ އެވެ. ބަސިލް އަދި ޗަމާލް ލަންކާގެ ގާނޫންހަދާ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރެއްވި އެވެ.

ލަންކާގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި އަނޫރާ ކުމާޜަ ޑިސާނަޔަކަ ވަނީ ގާނޫން ހަދާ މަޖިލީސް އުވާލައްވާފަ އެވެ. އޭނާ މިކަން ކުރެއްވި ކެމްޕެއިން ވައުދެއް ގޮތުގައި އަދި ގައުމު އިސްލާހުކުރެއްވުމަށް މަސައްކަތް ފެއްޓެވުމުގެ ތޮތުން ކަމަށް ވިދާޅުވި އެވެ.

އާންމު އިންތިހާބުގައި ވާދަކުރަން އެދޭ މީހުން ފުރުސަތު ހުޅުވާލައި އޮކްޓޯބަރު ހަތަރަކުން 11 އަށް ވަނީ އެ ތާރީޚް ހަމަޖައްސާފަ އެވެ.

ގާނޫނު ހަދާ މަޖިލީސް އަލުން އެކުލަވާލުމަށްފަހު، މަޖިލީސް ބައްދަލުކުރާ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު 21 ގައެވެ.