ރަނިލް ވިކްރަމަ ސިންހާ

ވަގުތީ ގޮތުން ރައީސްގެ މަގާމަށް ރަނިލް

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --
0%
0%
0%

ސްރީލަންކާގެ ވަގުތީ ރައީސް ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވައިފި އެވެ.

އެކަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ދެންމެ ވަނީ އިއުލާނު ކުރައްވާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ލަންކާގެ ވަގުތީ ރައީސް ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ކުރީން އިއުލާނު ކުރައްވާފައެވެ. އެކަން އިއުލާނު ކުރެއްވީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. އެ ދުވަހު ގޮޓަބަޔާ ރާޖަޕަކްސަ ވިދާޅުވީ އިސްތިއުފާ ދެއްވާނީ 13 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ރޭ ދަންވަރު ކުއްލި ގޮތަކަށް ގައުމުން ފިއްލަވައިގެން ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދިވެސް ހުންނެވީ ރާއްޖޭގައި ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ރުޅިގަދަވެ މަގުތަކަށް ނިކުމެފައިވާ އާންމު ރައްޔިތުން ވަނީ ގޮޓަބަޔާ ރާޖަޕަކްސަ އާއި ރަނިލްވެސް މަގާމުން އިސްތިއުފާ ދެއްވަން މިއަދުގެ މެންދުރު 1:30 ގެ ނިޔަލަށް ފަހުގެ މުހުލަތު ދީފައެވެ. ވަގުތީ ގޮތުން ރައީސްގެ މަގާމާ ރަނިލް ހަވާލުވުމުން ލަންކާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910