ދުނިޔެ

ސަރުކާރާ ގުޅުމުގެ ވިސްނުމެއް ނެތް: ލަންކާ އިދިކޮޅު

ލަންކާގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސާ: ވިދާޅުވީ ރަނގަޅު ކޮންމެ ކަމަކަށް ތާއިދު ކުރައްވާނެ ކަމަށް
0%
0%
0%

ރަނިލް ވިކްރަމަސިންހާގެ އާސަރުކާރުގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށް ލަންކާގެ އިދިކޮޅު މައިޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެހެނެއްކަމަކު ސަރުކާރުން ކުރާ ރަނގަޅު ކޮންމެ ކަމެއްގައި ސަރުކާރަށް އެހީތެރިވެ ދެއްވާނެ ކަމަށާއި އެކަމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ސަޖިތު ވިދާޅުވި ގޮތުގައި ގައުމުގެ އިގުތިސޯދު ހަމައަކަށް އަޅުވައި ގައުމު ހަރުދަނާކުރަން ބޭނުންފުޅުވެ އެވެ. އެހެންކަމުން އާސަރުކާރުގައި އެ ވިސްނުން އޮތް ނަމަ އެކަމާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ލަންކާގައި އާ ސަރުކާރެއް އުފައްދަން ބޮޑުވަޒީރު ރަނިލް ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން ރަނިލް، ސަޖިތުއަށް ފޮނުއްވި ސިޓިއަށް ޖަވާބު ދެއްވަމުން އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ސަޖިތު ވިދާޅުވީ ޕާޓީގެ ވިސްނުން ބަދަލުނުވާ ކަމަށާއި ހުރިހާ ޕާޓިތައް ބައިވެރިވެގެން އުފައްދާ އާ ސަރުކާރެއްގައި ހިއްސަވާން ބޭނުންފުޅު ނުވާ ކަމަށެވެ.

ސަޖިތު ވިދާޅުވި ގޮތުގައި ލަންކާގައި ހަމަނުޖެހުން އުފައްދާ މީހުން ގޮވާލަނީ ރާޖަޕްސަގެ އާއިލާ ސަރުކާރުން ދުރުވުމަށެވެ. އެނޫން ގޮތެއްގައި ލަންކާއަށް އަވަސް އަދި ސުލްހަވެރި ހައއްލެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަން ދޫކޮށްލައްވައި ގެއަށް ވަޑައިގެންނެވި ނަމަވެސް ރައީސަކަށް ހުންނެވީ ގޯޓާބެ ރާޖަޕަކްސަ އަކީ ވެސް ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ ބޭފުޅުޅެއް ކަމަށް ސަޖިތު ވިދާޅުވި އެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ ވިސްނުންފުޅަކީ ލަންކާގެ ހުރިހާ ޕާޓީތައް ބައިވެެރިވެގެން އާ ސަރުކާރެއް ގާއިމުކުރެއްވުމެވެ. އެހެން ނަމަވެސް، ސަޖިތު ދެކެވަޑައިގަންނަވާ ގޮތުގައި ލަންކާއަށް ދިމާވެފައި އޮތް ހަގީގީ މަައްސަލަ އަކި ސަރުކާރާ ގުޅެން ތިބި އާ ވެރިންނެއް ނޫނެވެ. މައްސަލަ އަކީ ސަރުކާރުގައި ތިބި ބާވެރިންނެވެ.

ސަޖިތު ވިދާޅުވި ގޮތުގައި ގައުމު ތައްކަތުކުރުމަށްޓަކައި އޮތް ހަމައެކަނި ހައްލަކީ މުޅި ސަރުކާރު އާކުރުން ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަލަމު

ތިޔައީ ކުރީއްސުރެވެސް ވިސްނޭކަމެއް. އިދިކޮޅުގެ ވާހަކަހުރިގޮތުން އިދިކޮޅަށް ވެރިކަންދީގެންނޫނީ ހަމައެއްނުޖެހޭނެ. ހަމައެހެންމެ ހުޅުޖެހި ތަންތަނާއި އެކަންތައް ހިނގައިދިޔަގޮތުގެމައްޗަށް ވިސްނީމައި ދޭހަވާއެއްޗަކީ އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ، ރާޖަޕަކުސައާއި އެކުވެރިންނަށް ހަދާލާނެގޮތް. ޤަބޫލުކުރެވޭގޮތުގައި ރަނިލް ގެންގުޅޭނީ މެދުމިނުގެ ޕޮލިސީއެއް. ރައްޔިތުންނަށް ޚިޔާނާތްތެރިވެ، ރާޖަޕަކުސަމެންކޮށްފައިވާ ކަންކަމަށް ބެލުމެއްނެތި، ޤައުމުން ބޭރުކޮށެއްނުލާނެ. އޭގެބަދަލުގައި އެމީހުނަށް އިންސާފު މެދުވެރިކޮށް ދިފާޢުވުމުގެ ފުރުސަތު ދޭނެ. ވާގޮތް އެނގިދާނެތާ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910