ގޮތަބަޔާ ރާޖަޕްކަސާ

ލަންކާއަށް އައު ރައީސަކު ހޮވުން ޖުލައި 20 ގައި

ގޮތަބަޔާގެ ދެބެން --
0%
0%
0%

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި ނަމަ މި މަހުގެ 20 ވަނަ ދުވަހު އައު ރައީސަކު ހޮވުމަށް ނިންމައިފި އެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ އެންޑް ޓޫރިޒަމް މިނިސްޓަރު ޕްރަސާނާ ރަނަޓަންގާ ވިދާޅުވީ ޖުލައި މަހުގެ 13 ވަނަ ދުވަހު ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފި ނަމަ ޖުލައި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު އިންތިހާބު ކުރުމަށް ޕާޓީގެ ލީޑަރުން ނިންމަވާފައިވާ ކަމަށެވެ.

އެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ބައްދަލްވުމެއް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަަމަށެވެ. އަދި 19 ވަނަ ދުވަހުގެ ނިޔަލަށް ނަންތައް ބަލައިގަތުން އޮންނާނެ އެވެ.

ރައީސަކު އިންތިހާބު ކުރުން އޮންނާނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ޕްރަސާނާ ރަނަޓަންގާ ވިދާޅުވީ އެ ޝެޑިއުލަށް ކަންކަން ހިނގާނީ 13 ވަނަ ދުވަހު ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި ނަމަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އާ ހަވާލާދީ ލަންކާގެ ނިއުސް އެޖެންސީތަކުން މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ ބުނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އެކަން އަންގަވާފައިވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ ބުދަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ. ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމާފައި މިވަނީ ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910