މޯލްޑިވްސް ޕޮލިސް ސާވިސް

ދެ މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

Nov 12, 2015

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފަށައިފި އެވެ.

ހޯދަމުންދާ ދެ މީހުންނަކީ ބ. ހިތާދޫ، ދޫރެސްވިލާ، ޝާމިލް ޔައުގޫބު 20، އާއި އެ ރަށު ޕެންޒީ، މުހައްމަދު ޔޫސުފު 20، އެވެ.

ތަހުގީގަށް ސުވާލުކުރަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މި ދެ މީހުން ހޯދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.