ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭއިން ކޮވިޑާއި ގުޅިގެންދޭ ހިދުމަތް ފުޅާކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެވޭ ގޮތަށް އޭޑީކޭގެ ކޮވިޑާ ގުޅޭ ހިދުމަތް ފުޅާކޮށްފި އެވެ.

އޭޑީކޭއިން މިހާރު ވެސް ދަނީ ފްލޫ ކްލިނިކުގެ ހިދުމަތް ދެމުންނެވެ. އޭޑީކޭއިން ފްލޫ ކްލިނިކްގެ ހިދުމަތް ފެށީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހިދުމަތްތަކާއި މެދު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަ ވަގުތެއްގަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް އޭޑީކޭގައި ފަރުވާ ދޭން ހަމަޖައްސާފައި ވަނީ އޭޑީކޭގެ އެހެން ހިދުމަތްތައް ފޯރު ކޮށްދިނުމަށް ބޭނުން ކުރާ ސަރަހައްދާ ވަކިން އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދެއްގައި ކަމަށެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން އޭޑީކޭގައި އެޑްމިޓް ވާން ބޭނުންވާ މީހުނ އަމަލު ކުރަން ޖެހޭ ގޮތް ވެސް އައްފާލް ވަނީ ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ހިދުމަތް ހޯދަން އޭޑީކޭއަށް ގުޅައި، ބަލި މީހާގެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އޭގެ ފަހުން އެމީހާއަކީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ ކަމަށް ފެންނަ މީހެއް ނަމަ އެޑްމިޓް ވާން ގުޅާނެ ކަމަށެވެ.

އޭޑީކޭގެ ހިދުމަތްތަކަށް ނަގާ ފީތައް އެޑްމިޓް ކުރާ ކޮވިޑް ބަލި މީހުނަށް ވެސް ނަގާނެ އެވެ. ކޮވިޑުގެ ފަރުވާއަށް ދޭ ބޭހާއި އާސަންދައިގެ ތެރެއިން ލިބޭ އެހެނިހެން ބޭސްތައް އޮންނަ އިންތިޒާމެއްގެ ތެރެއިން ލިބޭނެ އެވެ. އަދި އެޑްމިޓް ކުރާ ބަލި މީހުނާއި އެހީތެރިންނަށް ވެސް ކެއުމާއި ބުއިމުގެ އިންތިޒާމު ފީ އަކާއެކު ހަމަޖައްސައިދޭނެ އެވެ.

މީގެ އިތުރުން އޭޑީކޭ ގައި އެޑްމިޓް ކުރާ ބަލި މީހާ ބޭނުންވާ އެހީތެރިއަކަށް ހޮސްޕިޓަލްގައި ހުރެވޭނެ އެވެ. އެކަމަކު އެހީތެރިޔާއަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ، ރަނގަޅު ސިއްހަތުގައި ހުރި މީހަކަށް ވާން ޖެހެ އެވެ.