ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އީދު ބަންދަށް މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދުކުރަނީ

Jul 6, 2022
މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ. އީދު ބަންދަށް މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދުކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް
0%
0%
0%

އީދު ބަންދަށް މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދުކުރަން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދު ވާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެ ކަމަށެވެ.

ވެކްސިން ސެންޓަރުތައް އީދަށް ބަންދުކުރާތީ ވެކްސިން ކާޑު ހެއްދުމާއި ވެކްސިން ސެޓްފިކެޓް ދޫކުރުންވެސް އެ ދުވަސްތަކުގައި ބަންދެވެ.

އެޗްޕީއޭ އިން ބުނީ ދަތުރުކުރާއިރު ވެކްސިން ކާޑު ބޭނުންވާ ފަރާތްތަކުން މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ވެކްސިން ކާޑު ހެއްދުމަށް އެދޭ ކަމަަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާތީ ޗުއްޓީގެ ދުވަސްވަރު ގިނަ މީހުން އެއްވެގެން ހަރަކާތްތައް ހިންގުމުގައި ސަމާލުވުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910